Wednesday

ދިވެހި ބަހުގައި އަދަބިއްޔާތު މާނަކުރެވޭ ގޮތް

ލިޔުނީ: މޫސާ މާހިރު


އަދަބިއްޔާތު އުފެދިފައި ވަނީ ޢަރަބި ބަހުގެ ބަސްމަގުގެ ތެރެއިން ދިވެހިބަހަށް ވަދެ ހިނގާ [އަދަބު] މި ލަފުޒުންނެވެ. އެހެންކަމުން ދިވެހި ބަހުގައި އަދަބިއްޔާތު މާނަކުރާގޮތް ހޯދުމަށްޓަކައި އަދަބު މި ލަފުޒުގެ މާނައަށް ބަލައިލަން ޖެހެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2006) ގައި އަދަބުގެ މާނަކަމަށް ހަތަރު މާނައެއް ބަޔާންކޮށްފައި ވާއިރު، ބަހާ ގުޅުވައިގެން ބަލާއިރު އަދަބު މާނަކަމަށް ބަޔާންކޮށްފައިވަނީ، ބަހުގެ ޢިލްމެވެ. ނަމަވެސް، ބަހުގެ އެދުރުންގެ އިޞްތިލާޙުގައި އަދަބުގެ މާނައަކީ، މީހާ ކުރާ ކަންތަކާއި ބުނާ ބަސްތައް ކުށުން ސަލާމަތްކުރާނެ  މަގު އުނގެނިގަތުމާއި އެފަދަ ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓުމަށް ބޭނުންކުރާ ކަންތައްތައް ކަމުގައި، މުޙައްމަދު ޖަމީލު (1999) ބަޔާންކުރައްވާފައި ވެއެވެ.

Tuesday

ކްލާސްރޫމް މެނޭޖުމެންޓު ޕްލޭން

ލިޔުނީ: މޫސާ މާހިރު

:ފެށުން

ކުލާސްރޫމް މާޙައުލަކީ އުނގެނުމަށް ފަހި، ކުދިން ކިޔަވާހިތްވާ ފަދަ ކުލާސްރޫމަކަށް ހެދުމަށްޓަކައި، މަސައްކަތްކުރުމަކީ، އުނގަންނައިދޭ މުއައްސަސާއެއްގެ އެންމެ ބޯޑު އެއް މަޤުސަދަކަށް ވާންޖެހޭނެ އެވެ. ކުލާސްރޫމަކީ ހަރުދަނާ މާހައުލަކަށް ހެދުމަށްޓަކައި ކުރެވޭ ކޮންމެ ކަމަކާ ކްލާސްރޫމް މެނޭޖުކުރުމާ ވަނީ ގުޅި ލާމެހިފަ އެވެ. އެހެންކަމުން ކޮންމެ މުދައްރިސަކު ވެސް ކުލާސްރޫމް މާހައުލުގައި ހިނގާ ކަންކަމަށް ހޭލުންތެރިވެ، އެ ކަންތައްތައް ރަނގަޅު ކުރުމަށް ކުދިންނާ މުދައްރިސާ ދެމެދު ރަނގަޅު ގުޅުމެއް ޤާއިމުކޮށް ރަނގަޅަށް މުވާސަލާތު ކުރުމާއެކު، ކުލާހުގައި ކުދިން ކުރާ ރަނގަޅު ކަންކަމަށް ތަޢުރީފު ކުރުމާއި، ނޭދެވޭ ކޮންމެ ކަމެއް ތަކުރާރު ވުމަށް ފުރުޞަތު ނުދީ، އެ ކަންކަމުން ދަރިވަރުން އެއްކިބާ ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ މުދައްރިސުންގެ އެންމެ ބޮޑު ޒިންމާ އެވެ. އެހެންކަމުން، މި ޕްލޭނުގައި އަލިއަޅުވައިލައިފައި ވާނީ، އެކަޑެމިކު މަޢުލޫމާތާއި އަމިއްލަ ތަޖުރިބާގެ އަލީގައި ކްލާސްރޫމް މެނޭޖު ކުރުމުގައި ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.

Wednesday

ކްލާސް އިންތިޒާމު ކުރެވިދާނެ ބައެއް ގޮތްތައް


ކުލާސްރޫމް އިންތިޒާމު ކުރުމެއްނެތި އުނގެނުމުގެ އަދި އުނގަންނައިދިނުމުގެ ހަރުދަނާ މާޙައުލެއް ޤާއިމެއް ނުކުރެވޭނެ އެވެ. ކުލާސް ރޫމް އިންތިޒާމު ކުރުމަކީ ކުލާހުގައި ހިނގާ ކަންކަމަށް ކުދިން ހޭލުންތެރި ކުރުމާއި، އެ ކަމަށް ކުދިން ޝައުޤުވެރި ކުރުމެވެ. މިކަން ރަނގަޅު ކުރެވޭނީ ރަނގަޅަށް ކުދިންނާ މުވާސަލާތު ކުރެވިގެންނެވެ. އެހެންކަމުން ކުލާސް ރޫމެއްގައި މަސައްކަތް ކުރާ ކޮންމެ މުދައްރިސެއްގެ ޒިންމާ ނުހަނު ބޮޑުވާނެ އެވެ. އެތައް ކަމަކަށް އެއްފަހަރާ ބަލަންޖެހޭނެ އެވެ. ސަބަބަކީ، ކުލާހެއްގައި ތިބޭނީ އެއް ވިސްނުމެއްގެ، އެއްކަމަކަށް ލޯބިކުރާ، އެއްކަމަކަށް ގަޔާވާ ކުދިންނަށް ނުވާތީ އެވެ. އެހެންކަމުން ކްލާސްރޫމް މެނޭޢޖު ކުރެވިދާނެ ތިން ގޮތަކަށް ބަލައިލާނަމެވެ.

ކޮގްނިޓިވް ލާރނިންގ ތިއަރީ


މި ތިއަރީ ބުނާ ގޮތުން އުނގެނޭ ފަރާތާ މާހައުލާ ވަރަށް ބޮޑު ގުޅުމެއް ވެއެވެ. މި ނަޒަރިއްޔާތުގެ ޢިލްމުވެރިންގެ ނަޒަރުގައި އުނގެނުން ބިނާވަކީ ކުރިން އެނގިފައިވާ އެއްޗެއްސާ ފަހުން ފަހުން ދަސްވާ އެއްޗެހި ގުޅުވައިލައިގެންނެވެ. އެހެންކަމުން މި ތިއަރީގައި މައިގަނޑު ގޮތެއްގައި އުނގެނުން މާނަކުރަނީ ކުރިން އެނގިފައިވާ ތަކެތިންނާއި މާހައުލުން ލިބޭ މަޢުލޫމާތު ގެންގޮސް ސިކުނޑީގައި ޖަމާކުރާ ކުރުމަށެވެ. މި ތިއަރީއަށް ރިޔާޢަތްކުރާއިރު ސިކުނޑީގައި މަޢުލޫމާތު ރައްކާ ކުރުމަށް ތިން މަރުޙަލާއެއް ކުރިމަތި ކުރުވަ އެވެ. އެންމެ ފުރަތަމަ ސެންސަރީ ރެޖިސްޓްރީ ސްޓޭޖެވެ. އެއީ އަލަށް ވަންނަ މަޢުލޫމާތު ވަދެ ރަޖިސްޓްރީ ވާ ތަނެވެ. އެއަށްފަހު، ވާރކިންގ މެމޮރީ އެވެ. އެއީ މަޢުލޫމާތު ރައްކާކުރެވޭ ތަކެވެ. އެންމެފަހުން، ރައްކާކުރެވުނު މަޢުލޫމާތު ދިގު މުއްދަތަކަށް ރައްކާ ކުރުމަށްޓަކައި ގެންދެވޭ ތަނެވެ.

ކޮންސްޓްރަކްޓިވް ނަޒަރިއްޔާތާއި ޕިއާޖޭ

އެކި މީހުންކޮންސްޓްރަކްޓިވިޒަމްގެ ޚިޔާލުތައް ބިނާވެފައިވަނީ މަޝްހޫރު ޕިއާޖޭ އާއި ވައިގޮޓްސްކީ ތިއަރީގެ މައްޗަށެވެ. މި ތިއަރީގަގެ ޢިލްމުވެރިން ދެކެލައްވާ ގޮތުގައި މަޢުލޫމާތާކީ ކުލާހުގެ ކުރިމަތީގައި ހުރެ ކޮންމެހެން ކިޔާންޖެހޭ އެއްޗެއް ނޫނެވެ. ކުދިން މަޢުލޫމާތު އުނގެނެނީ ކުރިން އެނގިފައިވާ އެއްޗަކާއި އެއްކޮށްލައިގެންނެވެ. ދަރިވަރުންނަކީ އަދި ކުދިންނަކީ އުނގެނޭ ބައެކެވެ. މަޢުލީމާތު ބިނާވެސް ކުރާ ބައެކެވެ. އެކުދިންގެ އުނގެނުން ބިނާވަލީ އުފެދި ބޮޑުވާ މަރުޙަލާތަކާއި ގުޅޭގޮތުން ވިސްނޭ ވިސްނުންތަކާއި، ވަށައިގެންވާ މާޙައުލުން ބަދަލުކުރެވޭ އިޖުތިމާޢީ ގުޅުންތައް މެދުވެރިކޮށެވެ.

ސޯޝަލް ކޮގްނިޓިވް ތިއަރީ އާއި މޮޑެލިންގ


އެކި މީހުން އުނގެނެނީ އެކި ގޮތަށެވެ. އެކި މާހައުލުންނެވެ. އެކި ތަޖުރިބާތައް ކުރެވިގެންނެވެ. ބަންދޫރާ (1986) އާ ޙަވާލާދެއްވާ އާމިނަތު ޝާފިޢާ އާދަމް ބަޔާން ކޮށްފައިވާ ގޮތުގައި  އުނގެނުމަކީ މާހައުލުން ގެންދެވޭ މަޢުލޫމާތު ބަދަލުކޮށް ސިކުނޑީގައި އެކަމާއި ގުޅޭގޮތުން އުފައްދާ އަސަރަކުން ސުލޫކު ވަކި ގޮތަކަށް ބަދަލުވާ ބަދަލުވުމެވެ. މިކަން ހާމަކޮށްދިނުމަށް ބަންދޫޜާ (1986) ހާމަކުރައްވާފައިވާ ގޮތުގައި އުނގެނުމުގައި އެއްބައެއް އަނެއް ބަޔަކަށް އަސަރު ފޯރުވަނީ ގުޅި ލާމެހިފައިވާ ގުޅުމަކުން ނުވަތަ[ރެސިޕްރޯކަލް ރިލޭޝަންޝިޕް]އެއްގެ ސަބަބުންނެވެ. ބަންޑޫރާ (1986) މި ކޮންސެޕްޓްބިނާކޮށްފައިވަނީ މައިގަނޑު 3 އަސާސެއްގެ މައްޗަށެވެ. އެއީ، ބިހޭވިއަރ(ކަމެއް ނުވަތަ ސުލޫކު)، މާހައުލު އަދި މީހާގެ ވިސްނުމެވެ.

ބިހޭވިއަރަލް ލާރނިންގ ތިއަރީ (ސުލޫކީ އުނގެނުމުގެ ނަޒަރިއްޔާތު)


ބިހޭވިއަރަލް ލާރނިންގ ތިއަރީގެ މައިގަނޑު ކޮންސެޕްޓް

މި ތިއަރީގެ މައިގަނޑު ކޮންސެޕްޓް ގުޅިފައިވަނީ، [ސްޓިމިލަރ، ބިހޭވިއަރ އަދި ރެސްޕޯންސް] މި  ތިން ލަފުޒާ އެވެ. މި ލަފުޒުތަކުގެ ތަފްޞީލަށް ބަލާއިރު، [ބިހޭވިއަރ]އަކީ، އުނގެނޭ ފަރާތެވެ. [ސްޓިމިލަރ]އަކީ އޭނާ އުޅޭ މާހައުލުން ކުރުވާ އަސަރެއް ނުވަތަ ބާރުފޯރުވާ ކަން ނުވަތަ ކަންކަމެވެ.[ރެސްޕޯންސް]އަކީ އެ ކުރުވާ އަސަރާއެކު، އޭނާގެ ކިބައިން ފާޅުވާ ނުވަތަ ހާމަވާ ކަމެވެ.
މިސާލު: ދަރިފުޅު ހިނގައިފައި ދަނިކޮށް މަންމަ އޭނާގެ ނަމުން ގޮވައިލުމުން ފަހަތަށް އެނބުރި ބަލައިލަ އެވެ. އެއަށްފަހު، އެ ދަރިފުޅު މަންމަގެ ވާހަކަ އަށް އިޖާބަދެ އެވެ.

މޯޓިވޭޝަން ތިއަރީ (ޝައުޤުވެރިކަމާގުޅޭ ނަޒަރިއްޔާތު)


ޝަވްޤުވެރިކަމަކީ ވަކި ކަމެއް ނުވަތަ ލަނޑުދަނޑިއެއް ޙާޞިލު ކުރުމަށްޓަކައި އެ ދިމާއަށް ކުއްޖާ އަމާޒުކުރުވާ އެކަމަށް ބާރުފޯރުވާ، އެކަން ޙާޞިލު ކުރުމަށް ތަފާތު ކަންތައްތައް ކުރުވާ ބާރަށް ކިޔާ ނަމެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ލަނޑުދަނޑިތައް ޙާޞިލްކުރުމަށްޓަކައި މީހުންގެ ކިބައިން ފާޅުވާ އެ ކަމަކަށް އަމާޒު ކުރުވަނިވި އުޞޫލުތަކެވެ. ކުއްޖާގެ ސުލޫކު އުތުރުވާ މިޞްރާބު ކުރުވާ ރައްކާތެރިކޮށްދޭ ހަށިގަނޑުގެ އެތެރޭގެ ބާރަކާއި، ބޭރުން ނުވަތަ ޙާލަތާއި ގުޅިގެން މާހައުލުން ބާރު ފޯރުވާ ޝައުޤުވެރިކަން ހުރެ އެވެ. މިއަށް އިނގިރޭސި ބަހުން ކިޔާނަމަކީ އިންޓްރިންސިކް މޯޓިވޭޝަން އާއި، އެކްސްޓްރިންސިކް މޯޓިވޭޝަންވެ އެވެ. އަނީޓާ ވޫލްފޯލްކް (2010) ބަޔާން ކުރައްވާފައިވާ ގޮތުގައި، އިންޓްރިންސުކް މޯޓިވޭޝަނަކީ ފަރުދީ ގޮތުން ކޮންމެ ފަރުދެއްގެ ވެސް އެތެރޭގެ ބޭނުންތަކުގެ މައްޗަށް ބިނާވެފައިވާ ޝައުޤުވެރިކަމެވެ. ހަމައެއާއެކު، ޙާލަތާ ގުޅިފައިވާ މޯޓިވޭޝަނަށް ކިޔަނީ އެކްސްޓްރިންސިކް މޯޓިވޭޝަނެވެ. ޝައުޤުވެރިކަމާއި ގުޅިގެން ފާހަގަކުރެވޭ ޚާއްޞަ ދެ ތިއަރީއެއް ވެއެވެ. އެއީ ބީ އެފް ސްކިނާރގެ ތިއަރީ އާއި އަލްބާޓް ބަންދޫރާގެ ތިއަރީ އެވެ.

މަރްޙަބާ ލޮބުވެތިވި ކުޑަކުދިން


ބަނދި ހެދީ: މޫސާ މާހިރު (09 މެއި 2013)

 ލޯބި މަދެން އެންމެވާ            އެންމެ މަދެން ލޯބިވާ
ޤައުމުގެ ކުދިވެރިންނަށް             މަދަދާއެކު ތަޙުނިޔާ

ދިވެހިން ޤައުމަށް ކުރާ              އުންމީދާ ގުޅިފަވާ
ތިޔައޭ ޤައުމުގެ ދަރިން             ހީވާގިވި ކުޑަކުދިން

Saturday

ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ތެރެއިން ދާގަބާ، ހަވިއްތަ އާއި، ވޭރު ފަދަ ތަންތަން

ލިޔުނީ: މޫސާ މާހިރު

ފެށުން
ކޮންމެ ބައެއްގެ ވެސް ޘަޤާފަތަކީ އެބައެއްގެ އަމިއްލަވަންތަކަން ދައްކައިދޭ އެންމެ ބޮޑު ބަހާ އެވެ. ހަމައެހެންމެ ޘަޤާފަތަކީ އެއް މުޖުތަމައެއް އަނެއް މުޖުތަމަޢާ ވަކިކޮށްދޭ ނިޝާންވެސް މެއެވެ. ވީއިރު ދިވެހިންގެ ތާރީޚު އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަށާއި، ކާބަފައިންގެ ފުށުން ވާރުތަވަމުން އައިސްފައިވާ ޘަޤާފަތް ރައްކާތެރި ކުރުމަށްޓަކައި، ހިންމަތް އިތުރު ކުރަން ޖެހެ އެވެ.
ދިވެހިރާއްޖޭގައި ހުރި އެންމެ އެވޭލާ ބިނާތަކެއްކަމަށް ބެލެވެނީ ދިވެހިރާއްޖޭގައި އުޅުނު ފުރަތަމަ ވަޒަންވެރިން އެމީހުންގެ ދީނީ އެކިއެކި ކަންކަމުގައި ހަދާފައިވާ ބިނާތަކެވެ. ރާއްޖެއަށް އިސްލާމް ދީން އައުމާ ގުޅިގެން އެވޭލާ ދިވެހިން އަޅުކަން ކުރަން ބޭނުންކުރި ބައެއް ތަކެއްޗާއި ތަންތަން ނައްތާލުމުގެ ނިޔަތުގައި ފަސްއަޅައި ފޮރުވާލެވިފައިވެސް އެބަހުއްޓެވެ. އަނެއްބައި ތަންތަނުގެ މައްޗަށް މިސްކިތްތައް ފަދަ ތަންތަން ޤާއިމު ކުރެވިފައި ހުރިކަންވެސް ފާހަގަ ކުރެވެއެވެ. މިގޮތުން ލިޔުމުގައި ޚުޅާޞާކޮށް އަލިއަޅުވާލެވިފައިވާނީ، ދިވެހިރާއްޖޭގައި ހުރި އާސާރީ ތަންތަކުގެ ތެރެއިން މަޝްހޫރުކަމަށް ފެންނަ ބައެއް ދާގަބާ، ހަވިއްތަ އަދި ވޭރުފަދަ ތަންތަނުގެ މައްޗަށެވެ.