ލިޔުނީ: މޫސާ މާހިރު
:ފެށުން
ކުލާސްރޫމް މާޙައުލަކީ އުނގެނުމަށް
ފަހި، ކުދިން ކިޔަވާހިތްވާ ފަދަ ކުލާސްރޫމަކަށް ހެދުމަށްޓަކައި،
މަސައްކަތްކުރުމަކީ، އުނގަންނައިދޭ މުއައްސަސާއެއްގެ އެންމެ ބޯޑު އެއް
މަޤުސަދަކަށް ވާންޖެހޭނެ އެވެ. ކުލާސްރޫމަކީ ހަރުދަނާ މާހައުލަކަށް ހެދުމަށްޓަކައި
ކުރެވޭ ކޮންމެ ކަމަކާ ކްލާސްރޫމް މެނޭޖުކުރުމާ ވަނީ ގުޅި ލާމެހިފަ އެވެ. އެހެންކަމުން
ކޮންމެ މުދައްރިސަކު ވެސް ކުލާސްރޫމް މާހައުލުގައި ހިނގާ ކަންކަމަށް ހޭލުންތެރިވެ،
އެ ކަންތައްތައް ރަނގަޅު ކުރުމަށް ކުދިންނާ މުދައްރިސާ ދެމެދު ރަނގަޅު ގުޅުމެއް
ޤާއިމުކޮށް ރަނގަޅަށް މުވާސަލާތު ކުރުމާއެކު، ކުލާހުގައި ކުދިން ކުރާ ރަނގަޅު
ކަންކަމަށް ތަޢުރީފު ކުރުމާއި، ނޭދެވޭ ކޮންމެ ކަމެއް ތަކުރާރު ވުމަށް ފުރުޞަތު
ނުދީ، އެ ކަންކަމުން ދަރިވަރުން އެއްކިބާ ކުރުމަށްޓަކައި މަސައްކަތް ކުރުމަކީ
މުދައްރިސުންގެ އެންމެ ބޮޑު ޒިންމާ އެވެ. އެހެންކަމުން، މި ޕްލޭނުގައި އަލިއަޅުވައިލައިފައި ވާނީ، އެކަޑެމިކު މަޢުލޫމާތާއި އަމިއްލަ ތަޖުރިބާގެ އަލީގައި ކްލާސްރޫމް މެނޭޖު ކުރުމުގައި ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.
