Showing posts with label vaahaka. Show all posts
Showing posts with label vaahaka. Show all posts

Tuesday

ފުން އަސަރު

ލިޔުނީ: މޫސާ މާހިރު 

ނިޔާމަ ދަތުރަކަށްފަހު، އެއަރ ލަންކާގެ މަތިންދާބޯޓު އައިސް އިބްރާހިމް ނާސިރު ބައިނަލްއަޤުޥާމީ ވައިގެ ބަނދަރުގައި ޖައްސައިފިއެވެ. 154 ވަނަ މީހާގެ ފަހަތުން ނާޝިދު ނުކުތީ ފޮނި އުންމީދުތަކާއި އެކުގަ އެވެ. ރަންވޭގައި ފައި ޖެހުމާއެކު، ނާޝިދަށް ކުރެވުނީ މުޅިން ތަފާތު އިޙުޞާސެކެވެ. ވާނީވެސް އެހެންތާއެވެ. ފަސް އަހަރު ކޮށްފައި ރާއްޖެ އައިއިރު ބޮޑެތި ބަދަލުތަކެއްވަނީ އައިސްފަ އެވެ. އެ ބަދަލުތައް އެންމެ ކައިރިން ފެށިގެން ދުރަށް ފެންނަން ހުއްޓެވެ. ޢިމާރާތްތަކުގެ ސިފައިގަ އެވެ. ޓާމިނަލް ތެރެވެސް އެހާ ފުރިހަމަ އެވެ. ޚިދުމަތްތައް ނުހަނު ރަނގަޅެވެ. މުޥައްޒަފުންގެ ހިނިތުންވުމާއި އޯގާތެރިކަމުން، ހަލާކުވެފައިވާ ހިތްތަކަށް ވެސް ވަގުތީ ފަރުވާއެއް ލިބޭ ކަހަލައެވެ. އަތްދަބަސް ކޮނޑުގައި އަޅުވާލައިގެން އަތުން ފޮށި ހިފައިގެން ޓާމިނަލް ތެރެއިން ބޭރަށް ނުކުމެ ނާޝިދު މިސްރާބުޖެހީ މާލެ ދިއުމަށެވެ. ފުރަން ތައްޔާރުވެފައިވާ ފެރީއާ ދިމާއަށެވެ.