ލިޔުނީ: މޫސާ މާހިރު
އަދަބިއްޔާތު އުފެދިފައި ވަނީ ޢަރަބި ބަހުގެ ބަސްމަގުގެ ތެރެއިން
ދިވެހިބަހަށް ވަދެ ހިނގާ [އަދަބު] މި ލަފުޒުންނެވެ. އެހެންކަމުން ދިވެހި ބަހުގައި
އަދަބިއްޔާތު މާނަކުރާގޮތް ހޯދުމަށްޓަކައި އަދަބު މި ލަފުޒުގެ މާނައަށް ބަލައިލަން ޖެހެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
(2006) ގައި އަދަބުގެ މާނަކަމަށް ހަތަރު މާނައެއް ބަޔާންކޮށްފައި ވާއިރު، ބަހާ
ގުޅުވައިގެން ބަލާއިރު އަދަބު މާނަކަމަށް ބަޔާންކޮށްފައިވަނީ، ބަހުގެ ޢިލްމެވެ. ނަމަވެސް،
ބަހުގެ އެދުރުންގެ އިޞްތިލާޙުގައި އަދަބުގެ މާނައަކީ، މީހާ ކުރާ ކަންތަކާއި ބުނާ
ބަސްތައް ކުށުން ސަލާމަތްކުރާނެ މަގު
އުނގެނިގަތުމާއި އެފަދަ ކުށުން މީހާ ސަލާމަތްކޮށް ލެހެއްޓުމަށް ބޭނުންކުރާ
ކަންތައްތައް ކަމުގައި، މުޙައްމަދު ޖަމީލު (1999) ބަޔާންކުރައްވާފައި ވެއެވެ.
އިމާސަންއާ
ޙަވާލާދެއްވައި، އަޝްރަފް ޢަލީ (2012) ހާމަކުރައްވާފައިވާ ގޮތުގައި، އަދަބަކީ،
ރަނގަޅު ޚިޔާލުތަކާއި، ފިކުރުތަކުގެ ރެކޯޑު ނުވަތަ ޚިޔާލުތަކާއި ފިކުރު އެކުލެވޭ
އެއްޗެކެވެ. މިއާ ޚިޔާފަށް ސްޓަރ ފޯޑް ބްރޫކްއާ ޙަވާލާދެއްވާ، އަޝްރަފް ޢަލީ
(2012) ހާމަކުރައްވާފައިވާ ގޮތުގައި، އަދަބަކީ، ކިޔާ މީހާއަށް އުފަލާއި ހިތްހަމަޖެހުން ލިއްބައިދޭ
އުސްލޫބަކުން ލިޔެފައިވާ ވިސްނުންތެރިންގެ ފިކުރުތަކާއި، ޚިޔާލާއި ޝުޢޫތުތަކެވެ. ނަމަވެސް،
ބަދަލުވުމުގެ އޮއިވަރެއްގައި ޖެހި އަދަބު ބަހުގެ ތެރެއަށް ވަދެ، މިހާރުގެ ބަހަވީ
ޢިލްމުވެރިން ބަހުގެ އަދަބުގެ މާނަ ކުރަނީ، ބަހުގެ ތެރެއިން ފޭރާން ހެޔޮކޮށް
އަމުނާލެވިފައި ހުންނަ ޅެންބަހާއި އަމުނާލުމެއްނެތި އުކާލެވިފައިހުންނަ،
ބަސްތަކަށެވެ. އަދި އެތަކެތި ޝަރަޙަކޮށް ބަޔާންކުރުމަށްޓަކައި ބޭނުންކުރެވޭ
މަޢުލޫމާތަށާއި، އެތަކެއްޗާއި މެދު ފާޑުކިޔުމުގެ ގޮތުން ބުނެވޭ ބުނުންތަކާއި،
ލިޔެވޭ ލިޔުންތައް ކަމުގައި މުޙައްމަދު ޖަމީލު (1999) ބަޔާންކުރައްވާފައި ވެއެވެ. ހަމައެއާއެކު،
މުޙައްމަދު ޖަމީލު (1999) ހާމަކުރައްވާފައިވާ ގޮތުގައި، އަދަބު ދެ ބަޔަކަށް
ބަހައިލެވެ އެވެ. އެއް ވައްތަރަކީ، ޅެންވެރިއެއް، ލިޔުންތެރިއެއް ނުވަތަ
ބަސްމޮށުންތެރިއެއްގެ ފަރާތުން އުފެދިގެން އައި އަދަބެވެ. ނުވަތަ އިންޝާއީ
އަދަބެވެ. ދެ ވަނަ ވައްތަރަކީ، އިންޝާއީ އަދަބެއް ސިފަކުރުމުގެ ގޮތުން އުފެދޭ
އަދަބެވެ. މި އަދަބަށް ކިޔާ ނަމަކީ ވަޞްފީ އަދަބެވެ.
ބަހުގެ އަދަބަށް ދިރުން ލިބެނީ،
އަދަބު ނެރެ ހާމަކޮށް ދެއްކުމަށް މަސައްކަތްކުރާ މީހުންގެ ސަބަބުންނެވެ.
އެބައިމީހުންނަށް އަދީބުންގެ ނަމުން ނަން ދެވިފައި ވެއެވެ. ސެއިންޓް ބިޔުރޭ އާ
ޙަވާލާދެއްވާ އަޝްރަފް ޢަލީ (2012) ހާމަކުރައްވާފައިވާ ގޮތުގައި، އަދީބަކީ
އިންސާނާގެ ސިކުނޑި މުއްސަނދިކޮށް އިތުރުކުރާ މީހާ އެވެ. ކުރިއަށް ފިޔަވަޅު
އެޅުމުގައި އިންސާނާއަށް އެހީތެރިވާ މީހާ އެވެ. އަދަބީ ޙަޤީޤަތެއް ހާމަކޮށްދީ
ސާފުކޮށް ހާމަކޮށް ހުށަހަޅާ މީހާ އެވެ. އޭނާ އަށް ފެންނަ ފެނުން ހިމުން އަދި
މީހުންގެ ބުއްދިއަށް ޤަބޫލުކުރެވޭ ގޮތަކަށް ހުށަހަޅާ މީހާ އެވެ. އޭނާގެ ޚާއްޞަ
އުޞްލޫބަކުން އެންމެނާއި މުޚާތަބުކުރާ މީހާ އެވެ. އެހެންކަމުން ކުރުކޮށް
ދަންނަވާނަމަ، އަދަބު ކުރިއަރުވާ އަދަބު އަދަބަކަށް ހަދަން މަސައްކަތްކުރާ
ހިންމަތްތެރިންނަކީ އަދީބުންނެވެ.
އަދަބިއްޔާތާ ބެހޭގޮތުން، މުޙައްމަދު ޖަމީލު (1999) އާއި އަޝްރަފް ޢަލީ (2012)
ހާމަކުރައްވާފައިވަނީ، އެއީ އެބަހެއްގެ އަހުލުވެރީންގެ
ބަސްމަގު ހުންނަގޮތް އެނގޭ އުޞޫލުތަކަށް މަގުދައްކާ ޢިލްމުކަމަށާއި، މި އިލްމުގެ
މަޢުޟޫއަކީ އެ ބަހަކުން ހުންނަ ޅެމާއި ނަޘްރު ކަމުގަ އެވެ. އެހެންކަމުން،
ދިވެހިބަހުގައި ވެސް އަދަބިއްޔާތު މާނަކުރެވެނީ، ދިވެހި ބަހުގެ ޅެންވެރިކަމަށާއި
ލިޔުންތެރިކަމުގެ ޢިލްމަށެވެ. ވުމާއެކު، މި ޢިލްމުން ފޭރާން ހެޔޮކޮށް ނުކުންނަ
އުފެއްދުންތައް ވާނީ އަދަބީ އުފެއްދުންތަކެވެ.

No comments:
Post a Comment