ލިޔުނީ: މޫސާ މާހިރު
މާދަރީ ބަހަކީ، އެ
ކުއްޖަކު ދިރިއުޅޭ މާހައުލުންނާއި، އެކުގައި ދިރިއުޅޭ މީހުންގެ ފަރާތުން ލިބިދޭ
ބަހެވެ. އެހެންކަމުން ބަހަކުން ވާހަކަދައްކާ މުޖުތަމައެއްގެ ތެރޭގައި ކުއްޖާ އުޅެ
ބޮޑުވެގެން އަންނަ ނަމަ، އެކުއްޖާގެ މާދަރީބަހަކަށް ދުނިޔޭގައި މީހުން
ވާހަކަދައްކާ ކޮންމެވެސް ބަހެއް ވާނެއެވެ. އެޑްވާޑް ފިނެގަން (1999)
ބަޔާންކުރައްވާފައިވާ ގޮތުގައި، ކޮންމެ ކުއްޖަކަށް ވެސް އެންމެ ފުރަތަމަ ދަސްވާ
ބަހަކީ އެކުއްޖެއްގެ މާދަރީ ބަހެވެ. އެހެންކަމުން، ދިވެއްސެއްގެ މާދަރީ ބަހަކީ ހަމައެކަނި ދިވެހި ބަހަކަށް
ވާކަށް ލާޒިމެއް ނޫނެވެ.
އިންސާނުން މާދަރީ
ބަސް ދަސްކުރުމާއި ދެވަނަ ބަހެއް އަށަގަތުމާއި ބެހޭގޮތުން ތަފާތު އެތައް ބަހަވީ
ޢިލްމުވެރިން ދިރާސާތައް ހައްދަވާފައި ވާކަން ފާހަގަ ކުރެވެ އެވެ.
މިގޮތުން ބީ.އެފް. ސްކިނަރ (1957) ހާމަކުރައްވާފައިވާ ގޮތުގައި ކުއްޖާއަށް ބަސް ދަސްވަނީ އެ ކުއްޖާގެ އުޅުމަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށާއި، ސްޓިމިޔުލަސް، ރެސްޕޯންސް، ރީއިންފޯސްމެންޓު ތިއަރީ ބޭނުން ކޮށްގެން ކަންޑިޝަން ކޮށްގެން ވެސް ބަސް ދަސްކުރެވިދާނެ ކަމުގައި ސްކިނަރ (1957) ހާމަކުރައްވަ އެވެ. މިގޮތަށް ކަންޑިޝަން ކުރުމުން އުޅުމަށް ބަދަލު އާދެ އެވެ. މީދަލެއް ބާއްވާފައި އޮންނަ ކޮށީގައިވާ ބޮތްކެއް (ސްޓިމިޔުލަސް) ދިއްލުނީމާ، މީދާ ދުވެފައި ގޮސް ކޮށީގައިވާ ފަތިކޮޅަށް އަރައި އެ އަށް އޮބާލީމާ، (ރެސްޕޯންސް) ކާއެތިކޮޅެއް، (ރީއިންފޯސްމަންޓް) އެސޮރުގެ ފައި ކައިރިއަށް ވެއްޓެ އެވެ.
ދެތިންފަހަރު މިގޮތަށް ކާއެތިކޮޅު ލިބުމުން ބޮކި ދިއްލޭއިރަށް ފަތިކޮޅު އޮބާލަން މީދަލަށް ދަސްވެ އެވެ. އަދި މިގޮތަށް މީދަލަށް އާދަ ވެއެވެ. މި ނަޒަރިއްޔާއަށް ބިހޭވިއަރިޒަމްއޭ ވެސް ކިޔެ އެވެ. އެއީ މީދާ ވެސް ދައްކައިދެނީ އުޅުމަށް އަންނަ ބަދަލު ކަމަށް ވާތީ އެވެ. އިންސާނުން މާދަރީބަސް ދަސްކުރުމުގައި ވެސް މި ތިއަރީ ބޭނުން ކުރެވިދާނެކަމަށް ސްކިނާރ (1957) ޤަބޫލު ކުރައްވަ އެވެ. އެހެނީ، ކުދިން ވެސް މާހައުލުން އިވޭ އަޑުތައް ކޮޕީކޮށްގެން ތަކުރާރު ކުރެއެވެ. އެ ތަކުރާރު ކުރާ އަޑުތަކަށް ބޮޑެތި މީހުން ސަމާލުކަން ދީގެން، ތަރުޙީބުދީގެން ކުއްޖާ ލައްވާ ދެވަނަ ފަހަރަށް ވެސް އެ ލަފުޒެއް ނުވަތަ ލަފުޒުތައް ތަކުރާރު ކުރެ އެވެ. މިގޮތަށް ގިނަގިނައިން ކުއްޖާއަށް ތަރުޙީބު ދޭނަމަ، ކުއްޖާގެ އުޅުން ކޮންޑިޝަން ކުރެވޭ ކަމަށާއި، ލަފުޒުގެ އަސްލާ ވައްތަރުވަންދެން ކުއްޖާ ތަކުރާރު ކުރާނެ ކަމަށް ވެސް ބީ. އެފް. ސްކިނަރ (1957) ހާމަކުރައްވާފައި ވާކަމަށް، މަރިޔަމް ތަޢުފީޤާ (1996) ހާމަކުރައްވާފައި ވެއެވެ.
މިގޮތުން ބީ.އެފް. ސްކިނަރ (1957) ހާމަކުރައްވާފައިވާ ގޮތުގައި ކުއްޖާއަށް ބަސް ދަސްވަނީ އެ ކުއްޖާގެ އުޅުމަށް އަންނަ ބަދަލެއްގެ ސަބަބުން ކަމަށާއި، ސްޓިމިޔުލަސް، ރެސްޕޯންސް، ރީއިންފޯސްމެންޓު ތިއަރީ ބޭނުން ކޮށްގެން ކަންޑިޝަން ކޮށްގެން ވެސް ބަސް ދަސްކުރެވިދާނެ ކަމުގައި ސްކިނަރ (1957) ހާމަކުރައްވަ އެވެ. މިގޮތަށް ކަންޑިޝަން ކުރުމުން އުޅުމަށް ބަދަލު އާދެ އެވެ. މީދަލެއް ބާއްވާފައި އޮންނަ ކޮށީގައިވާ ބޮތްކެއް (ސްޓިމިޔުލަސް) ދިއްލުނީމާ، މީދާ ދުވެފައި ގޮސް ކޮށީގައިވާ ފަތިކޮޅަށް އަރައި އެ އަށް އޮބާލީމާ، (ރެސްޕޯންސް) ކާއެތިކޮޅެއް، (ރީއިންފޯސްމަންޓް) އެސޮރުގެ ފައި ކައިރިއަށް ވެއްޓެ އެވެ.
ދެތިންފަހަރު މިގޮތަށް ކާއެތިކޮޅު ލިބުމުން ބޮކި ދިއްލޭއިރަށް ފަތިކޮޅު އޮބާލަން މީދަލަށް ދަސްވެ އެވެ. އަދި މިގޮތަށް މީދަލަށް އާދަ ވެއެވެ. މި ނަޒަރިއްޔާއަށް ބިހޭވިއަރިޒަމްއޭ ވެސް ކިޔެ އެވެ. އެއީ މީދާ ވެސް ދައްކައިދެނީ އުޅުމަށް އަންނަ ބަދަލު ކަމަށް ވާތީ އެވެ. އިންސާނުން މާދަރީބަސް ދަސްކުރުމުގައި ވެސް މި ތިއަރީ ބޭނުން ކުރެވިދާނެކަމަށް ސްކިނާރ (1957) ޤަބޫލު ކުރައްވަ އެވެ. އެހެނީ، ކުދިން ވެސް މާހައުލުން އިވޭ އަޑުތައް ކޮޕީކޮށްގެން ތަކުރާރު ކުރެއެވެ. އެ ތަކުރާރު ކުރާ އަޑުތަކަށް ބޮޑެތި މީހުން ސަމާލުކަން ދީގެން، ތަރުޙީބުދީގެން ކުއްޖާ ލައްވާ ދެވަނަ ފަހަރަށް ވެސް އެ ލަފުޒެއް ނުވަތަ ލަފުޒުތައް ތަކުރާރު ކުރެ އެވެ. މިގޮތަށް ގިނަގިނައިން ކުއްޖާއަށް ތަރުޙީބު ދޭނަމަ، ކުއްޖާގެ އުޅުން ކޮންޑިޝަން ކުރެވޭ ކަމަށާއި، ލަފުޒުގެ އަސްލާ ވައްތަރުވަންދެން ކުއްޖާ ތަކުރާރު ކުރާނެ ކަމަށް ވެސް ބީ. އެފް. ސްކިނަރ (1957) ހާމަކުރައްވާފައި ވާކަމަށް، މަރިޔަމް ތަޢުފީޤާ (1996) ހާމަކުރައްވާފައި ވެއެވެ.
ބީ.އެފް. ސްކިނަރ (1957) ހާމަކުރައްވާފައިވާ
ކަންޑިޝަލް ކޮށްގެން ބަސް ދަސްކުރާ ވާހަކައަށް ޗޮމްސްކީ (1959) ރައްދު ދެއްވާފައި
ވެއެވެ. ޗޮމްސްކީ (1959) ހާމަކުރައްވާ ގޮތުގައިކުދިން ދުނިޔެއަށް އުފަންވަނީ ބަސް
ދަސްކުރުމުގެ ބާރާއި އެކުގަ އެވެ. އެހެންކަމުން ކުދިންގެ ސިކުނޑީގައިވާ ބަސް
ދަސްކުރުމުގެ ބާރާއެކު ކުދިން އަމިއްލައަށް ޖުމުލަތައް އުފައްދާނެ އެވެ. ހަމައެއާއެކު،
ޗޮމްސްކީ (1959) ހާމަކުރައްވާ ގޮތުގައި ބަސް އުފެދިފައިވަނީ އޮޅުންބޮޅުން ބޮޑު
ޤަވާއިދުތަކެއް އެކުލެވިގެންވާ ނިޒާމުތަކެއްގެ މައްޗަށެވެ. މި ޤަވާއިދުގެ ސަބަބުން
އިންސާނުން ޢަދަދު ނުކުރެވޭހާ ގިނަ ޖުމުލަތައް އުފައްދަ އެވެ. ހަމައެއާއެކު އޭގެތެރެއިން
ގިނަ ޖުމުލަތަކަކީ، އޭނާގެ ޙަޔާތުގައި ކުރިން ބުނެފައިނުވާ ޖުމުލަތަކެއް ކަމުގައި
ވެސް ޗޮމްސްކީ (1959) ހާމަކުރައްވަ އެވެ. އެގޮތުން، ޗޮމްސްކީ ހާމަކުރައްވާފައިވާ
ގޮތުގައި ކުދިން ދުވަހަކު މީހުން ކިޔާފައިނުވާ އަދި އަޑު އަހާފައިނުވާ ބައެއް
ލަފުޒުތަކާއި، ޖުމުލަތައްވެސް ކިޔަ އެވެ. އެހެންކަމުން ކުއްޖާ ބަސް ދަސްކުރަނީ
ހަމައެކަނި ކަންޑިޝަނަލް ކޮށްގެން ކަމަށް ވާނަމަ، ކުއްޖާގެ ކިބައިގައި އައު
ވާހަކަތައް ދެއްކުމުގެ ޤާބިލުކަމެއް ނުހުންނާނެ ކަމުގައި ޗޮމްސްކީ (1959) ހާމަކުރައްވަ
އެވެ.
ހަމައެއާއެކު، ވައިގޮޓްސްކީ ވެސް އުނގެނުމާބެހޭ ނަޒަރިއްޔާއެއް ނެރެފައި
ވެއެވެ. މިގޮތުން ވައިގޮޓްސްކީ (1978) ހާމަކުރައްވާފައިވާ ގޮތުގައި، އުނގެނުމަކީ
އިޖުތިމާޢީ ޙަރަކާތެކެވެ. އެހެންކަމުން ކުއްޖާ އަމިއްލައަށް ދަސްނުވާ އެތައް
އެއްޗެއް އަދި ކިތަންމެ ކަމެއް އެހެން މީހުން ނުވަތަ އެހެން ބައެއްގެ އެހީގައި
ދަސްވާނެކަމަށް ވައިގޮޓްސްކީ (1978) ހާމަކުރައްވާފައި ވެއެވެ. ކުދިން ބަސް
ދަސްކުރުމުގައި އެކުދިންގެ ކިބައިން މި ނަޒަރިއްޔާތާއި އެއްގޮތް ސިފަތައް ވެސް
ފެންނަކަން ފާހަގަ ކުރެވެ އެވެ.
ސުވިޒަލެންޑުގެ މަޝްހޫރު ނަފްސާނީ ޢިލްމުވެރިއެއް އަދި ފިލޯސަފަރެއް
ކަމަށްވާ، ޖީން ޕިއާޖޭ (1896-1980) ދުނިޔެއަށް މަޝްހޫރު ވެފައިވަނީ، ސިކުނޑިއާއި ގުޅުވައިގެން
ކުދިން އުނގެނޭ ނުވަތަ ދަސްކުރާ ގޮތުގެ ނަޒަރިއްޔާއެއް ހުށހެޅުއްވި ބޭފުޅެއްގެ
ގޮތުގަ އެވެ. ޖީން ޕިއާޖޭ (1896-1980) ދެކެލައްވާ ގޮތުގައި އުނގެނުމަކީ ކުއްޖާއާއި
މާހައުލާ ދެމެދުގައި ހިނގާ މުޢާމަލާތްތަކެއްގެ ސަބަބުން އަދި ކުއްޖާގެ މާހައުލަށް
ހޭނުމަށްޓަކައި ކުރެވޭ ތަޖުރިބާތަކެއްގެ ސަބަބުން ކުއްޖާ ވިސްނުން ބޭނުންކުރާ
ގޮތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އައިސް ކުރިއެރުން ލިބުމެވެ. ޖީން ޕިއާޖޭ
(1896-1980) ޤަބޫލުކުރައްވާ ގޮތުގައި ކުދިން މާހައުލުން ފެންނަ ތަކެއްޗާއި
މުއާމަލާތު ކުރުމުގެ ފުރުޞަތު ލިބި، އަތްލައި،
ބަލައި، އެއްލައި، ހިފައި، އަޑުއެހުން ފަދަ ޙަރަކާތްތަކުގެތެރެއިން ލިބޭ
ތަޖުރިބާތަކުން އެކުދިން އަމިއްލައަށް މަޢުލޫމާތު ލިބިގަނެ އެވެ. ނުވަތަ ކުދިން
އުނގެނުން އަމިއްލައަށް ބިނާ ކުރެ އެވެ. މިގޮތަށް ކުދިންނަށް ލިބޭ ތަޖުރިބާތަކުގެ
އަލީގައި ބަސް ދަސްކުރެއެވެ.
ކުދިންގެ ކިބައިގައި ބަސް އަށަގަތުމުގައި ހަރުފަތްތަކެއްގެ ކަޑައްތުކުރެ އެވެ.
މި ހަރުފަތްތައް ނުވަތަ މަރުޙަލާތަކަކީ ވަކި ޤައުމަކަށް ނުވަތަ ވަކި ޘަޤާފަތަކަށް
ވީތީ ބަދަލުވާ އެއްޗެއް ނޫނެވެ. އެ މަރުޙަލާތަކުގެ ތަފްޞީލު ތާވަލު 1 ގައި އެވަނީ
އެވެ.
ތާވަލު 1 (ކުދިންގެ
ކިބާގައި ބަސް އަށަގަތުމުގެ ހަރުފަތްތައް)
މަރުޙަލާ
|
ޢުމުރުފުރާ
|
އަޑުލެއްވުން
|
6-8 މަސް
|
އެއް ލަފުޒުގެ މަރުޙަލާ
|
9-18 މަސް
|
ދެ ލަފުޒުގެ މަރުޙަލާ
|
18-24 މަސް
|
ދެ ލަފުޒަށްވުރެ ގިނަ ލަފުޒުގެ މަރުޙަލާ
|
24-30 މަސް
|
ރަނގަޅަށް ވާހަކަދެއްކުމުގެ މަރުޙަލާ
|
+30 މަސް
|
ކުއްޖާ ދުނިޔެއަށް
އުފަން ވުމަށްފަހު 4 ނުވަތަ 6 މަސް ވަންދެން އެއީ ފުރަތަމަ މަރުޙަލާ ކަމުގައި
ބައެއް މީހުން ބުނެ އެވެ. ނަމަވެސް ތާވަލު 1 ގައި ބަޔާންކޮށްފައި އެވާ
މަރުޙަލާތަކާއި މެދު، ކުއްޖާ ބަސް ދަސްކުރުމުގެ ޙަރުފަތްތައް ބެހުމުގައި
ލިންގުއިސްޓުންނާއި ނަފްސާނީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުތަކެއް ވެއެވެ. މިގޮތުން
ނަސްފާނީ ޢިލްމުވެރިން ހާމަކުރައްވާ ގޮތުގައި 6 މަހަށް ވުރެ ކުޑަ ކުދިން
ބޭނުންތައް އަންގައިދިނުމަށްޓަކައި ކުރާ ކަމަކީ ރުއިމެވެ.
ތުއްތު ކުއްޖާގެ ޢުމުރުން 6 މަސް ފުރުމާއެކެ
ރުއިމުގެ އިތުރަށް އެކުދިން ތަފާތު އަޑުތައް ލައްވަން ފަށައެވެ. ބައެއް މާހިރުން
ޤަބޫލުކުރައްވާ ގޮތުގައި މި ދުވަސްވަރު ކުއްޖާގެ މާދަރީ ބަހުގައި ހިމެނޭ
އަޑުތަކާއި ނުހިނެމޭ އަޑުތައް ކުދިން ތަފާތުކޮށް ދެނެގަނެއެވެ. އަޑުލެއްވުމުގެ
މަރުހަލާގައި ހުރިހާ ކުދިންވެސް ލައްވާނީ، [ބަބަބަބަ، މަމަމަ] ފަދަ އަޑުތަކެވެ. ނަމަވެސް ދެ މަސް
ފަހުން ލައްވާ އަޑުތައް ފުޅާވެ، [އަބަ ، އަބް،
ބަބް] ފަދަ އަޑުތައް ލައްވަން ފަށައެވެ. އެއްލަފުޒުގެ މަރުޙަލާގައި އާންމުކޮށް
ކުއްޖާ ހިނގައެވެ. މި އުމުރުގައި ކުއްޖާ އެއް ލަފުޒު ބޭނުންކުރަން ފަށަ އެވެ. އަދި
މި ޢުމުރުގައި ހަރަކާތަކާނުލާވެސް ކުއްޖާ ބުނަން ބޭނުންވާ އެއްޗެއް އަޑުން
ދޭހަކޮށްދޭކަމަށް ޔުމްނާ މައުމޫނު (2004) ހާމަކުރައްވައެވެ. މިގޮތުން، ބައްޕަ،
މަންމަ، ދައްތަ ފަދަ އާންމުކޮށް އަޑުއިވޭ ބައެއް ލަފުޒުތައް ތަކުރާރުކޮށް ކިޔަން
ފަށަ އެވެ. އެއަށްފަހު، ދެލަފުޒު އެއްކޮށް
ބޭނުންކުރަން ފަށަ އެވެ. މިސާލަކަށް، [ބައްޕަ ބޫޓު] ފަދަ ލަފުޒުތައް ކިޔައެވެ. ދެން
އެއަށްފަހު ދެ ލަފުޒަށްވުރެ ގިނަ ލަފުޒު ބޭނުންކުރަންފަށަ އެވެ. މިހެންގޮސް
ކުއްޖާގެ އުމުރުން 30 މަހުން މައްޗަށް ދާއިރަށް ރަނގަޅަށް ވާހަކަދައްކަން ދަސްކުރެ
އެވެ. އެހެންކަމުން، ބަހާބެހޭ މާހިރުން ޤަބޫލު ކުރައްވާ ގޮތުގައި މާދަރީ ބަހުގެ
ޤަވާއިދާއި ގޮތްތަކަކީ ކުދިންނަށް ދަސްކޮށްދިނުމަކާއިނުލާ ކުއްޖާގެ ކިބާގައި
އަށަގަންނަ އެއްޗެކެވެ. މިކަމަށް ހެކިދައްކަވަމުން، ވިކްޓޯރިއަރ ފްރޮމްކިންގ،
ޑޭވިޑް ބްލެއަރ، އަދި ޕީޓަރ ކޮލިންސް (1999) ހާމަކުރައްވާފައިވަނީ، ކުއްޖާ
ދުނިޔެއަށް އުފަންވާއިރު ވެސް، ލިބިފައިވާ ޤާބިލުކަމެއްގެ ސަބަބުން ޤަވާއިދާއި
ބަހުގެ ޢިލްމުގެ ނަމުގައި ސީދާ ދަސްކޮށްނުދިންކަމުގައި ވިޔަސް، އަދި އެ ކުއްޖާއަށް
ލިޔަންކިޔަން ނޭނގުނަސް ކުއްޖާއަށް ލިބިފައިވާ ތަބީޢީ ކަމެއްގެ ސަބަބުން
ފުރިހަމައަށް ވާހަކަދައްކަން ދަސްވާ ކަމަށެވެ.
ރާމިޒު ޢަލީ
(2007) ހާމަކުރައްވާފައިވާ ގޮތުގައި، ދެވަނަ ބަހަކީ
ކުއްޖާ މާދަރީބަސް ދަސްކުރުމަށްފަހު ދަސްކުރާ ބަހެވެ. އެހެންކަމުން މާދަރީބަސް
އަށަގެންފައިވާ ކުއްޖާއަށް ދެވަނަ ބަހެއް ދަސްކުރުމަކީ ފަސޭހަކަމަކަށް ނުވެ އެވެ. ސަބަބަކީ
ބަހެއް ފަސޭހައިން އަށަގަންނަނީ ކޮޕީކޮށްގެންނާއި، ތަރުޙީބު ދީގެންނާއި، ތަބީޢީ
ގޮތުން ކަމަށް ވެފައި، ދެވަނަ ބަހެއް ދަސްކުރަނީ އިސްވެ ދެންނެވުނު ގޮތްތަކަށް
ކަމަށް ނުވާތީ ކުދިންނަށް ދެވަނަ ބަހެއް ދަސްކުރުމަކީ ފަސޭހަކަމަކަށް ނުވެ އެވެ. ނަމަވެސް،
މާއްދީ ޝައުޤުވެރިކަމާއި، ގުޅިފައިވާ ޝައުޤުވެރިކަމާއެކު ދެވަނަ ބަހެއް
ދަސްކުރުމަށް މަސައްކަތް ކޮށްފިނަމަ، ދެވަނަ ބަހެއް ދަސްކުރުމުގެ ކަންތައް
ފަސޭހައިން ކާމިޔާބު ވެއެވެ. މާއްދި ޝައުޤުވެރިކަމަކީ، އޭގެ ސަބަބުން ދުނިޔަވީ
ކޮންމެވެސް ފައިދާތަކެއް ނުވަތަ މަޤުޞަދުތަކެއް ޙާޞިލުވާތީ އެކަމަށް އެދި ބަހެއް
ދަސްކުރުމެވެ. ހަމައެއާއެކު، ގުޅިފައިވާ ޝައުޤުވެރިކަމަކީ، ދެވަނަ ބަހެއްގެ
މާހައުލުގައި އުޅެން ޖެހުމުގެ ސަބަބުން އެބަހެއް ދަސްކުރުމަށް އުފެދޭ
ޝައުޤުވެރިކަމެވެ.
މާދަރީ ބަހެއް ދަސްކުރުމާއި ދެވަނަ ބަހެއް ދަސްކުރުމާ
ދެމެދު ވަރަށް ބޮޑު ތަފާތުތަކެއް ވާކަމަށާއި، ކުއްޖާ ފުރާވަރަށް އެރުމުގެ ކުރިން
އެތައް ބަހަކުން ވާހަކަދައްކާ މުޖުތަމަޢެއްގައި ކުއްޖާއަށް އުޅުމުގެ ފުރުޞަތު
ލިބިއްޖެ ނަމަ، ފަސޭހައިން އެ ހުރިހާ ބަހެއް ދަސްކުރާނެކަމަށް، ޢަޒީޒާ އަފީފު
(2010) ހާމަކުރައްވަ އެވެ. ފުރަތަމަ ބަސް ނުވަތަ މާދަރީބަސް ކުއްޖާ ދަސްކުރަކީ،
ގޭތެރޭގެ މާހައުލުންނާއި ވަށައިގެންވާ މާހައުލުން ލިބޭތަޖުރިބާތަކުގެ ސަބަބުން
ތަބީޢީ ގޮތުންނެވެ. އަދި ކެއިންބުއިމާއި، ފެންވެރުމާއި، ނިދުމާއި، ކުޅިވަރު
ކުޅުމާއި، ލޯބިކުރުންފަދަ ތަފާތު ޙަރަކާތްތައް މާދަރީބަސް ދަސްކުރުމުގައި ހިނގަ
އެވެ. ދެވަނަ ބަހެއް ދަސްކުރަން އުނދަގޫވަނީ، ކުއްޖާ ދެވަނަ ބަހެއް ދަސްކުރަނީ
މިފަދަ ޙަރަކާތްތަކުގެ ތެރެއިން ކަމަށް ނުވާތީ އެވެ. މާދަރީ ބަހެއް ދަސްކުރުމުގައި
ހަރުފަތްތަކެއް ވާފަދައިން ކުއްޖާ ދެވަނަ ބަހެއް ދަސްކުރުމުގައި ވެސް
ހަރުފަތްތަކެއް ވާކަމަށް ލިންގުއިސްޓުން ހާމަކުރައްވާފައި ވެއެވެ. މިގޮތުން، ލިންގުއިސްޓުންނާ
ހަވާލާދެއްވާ އެ ހަރުފަތްތަކާމެދު، ޢަޒީޒާ އަފީފު (2010) ބަޔާންކުރައްވާފައިވާ
ހަރުފަތްތައް ތިރީގައި އެވަނީ އެވެ.
1. ބަސް
ބޭނުންކުރުމުގެ ކުރި (Pre-production)
މި މަރުޙަލާގައި
ކުދިންނަށް ގާތްގަނޑަކަށް 500 ލަފުޒު ދަސްވެފައި ވާނެ އެވެ. ނަމަވެސް އޭނާ
ވާހަކަދައްކާކަށް ނުފަށާނެ އެވެ. މި ދުވަސްވަރު އެހެންމީހުން ވާހަކަދެއްކުމުގައި
އަޑުއިވޭ ލަފުޒުތަކާއި ޖުމުލަތައް ކިޔާ ކޮޕީ ކުރާނެ އެވެ. އަދި ތަޞްވީރުތަކާއި،
ފެންނަ އެހެން ތަކެއްޗާއި އަނެކުންގެ ވާހަކަދެއްކުމުގައި ބޭނުންކުރާ
ޙަރަކާތްތަކާއި އިޝާރާތްތައް ދޭހަވެ ކޮޕީ ކުރާނެއެވެ.
2. ބަސް ބޭނުންކުރަން
ފެށުން
(Early production)
މި މަރުޙަލާގައި
ކުދިންނަށް 1000 ލަފުޒު ދަސްވެފައި ވާނެ އެވެ. މި މަރުޙަލާގައި، އެއްލަފުޒު ނުވަތަ
ދެ ލަފުޒުގެ ބަސްކޯޅި ބޭނުންކޮށްގެން ވާހަކަދައްކަން މަސައްކަތް ކުރާނެ އެވެ. ނަމަވެސް،
ކުރީ މަރުޙަލާގައި ބޭނުންކުރި ބައެއް ޖުމުލަ ބުރިބުރި ބޭނުންކުރަން ފަށާނެ އެވެ.
ނަމަވެސް، ނައެއް ޖުމުލަތައް ބޭނުންކުޜާނީ ރަނގަޅަކަށް ނޫނެވެ.
3. ވާހަކަދެއްކުން(Speech Emergence)
މި މަރުޙަލާގައި
ކުއްޖާގެ ބަސްކޮށާރު ގާތްގަނޑަކަށް 3000 ލަފުޒަށް ފުޅާވާނެ އެވެ. އަދި
ބަސްކޯޅިއާއި ޖުމުލަތައް ބޭނުންކޮށްގެން މީހުންނާ މުއާމަލާތުކުރަން ފަށާނެ އެވެ. ހަމައެހެންމެ
ޤަވާއިދު ނުބައިކޮށް ބޭނުންކުރެވުނަސް އައިދައިގެ ސުވާލުތައް ކުރާނެ އެވެ.
4. މެދުމިންވަރަކަށް
ބަސް ބޭނުންކުރަން އެނގުން(Intermediate fluency)
މި މަރުޙަލާގައި
ކުއްޖާގެ ބަސްކޮށާރު 6000 ލަފުޒަށް ފުޅާވާނެ އެވެ. މި މަރުޙަލާގައި
ވާހަކަދެއްކުމުގަ އާއި ލިޔުމުގައި ތަފާތު ގިނަ ކޯނި ޖުމުލަ ބޭނުންކުރަން ފަށާނެ
އެވެ. ހަމައެއާއެކު، ޚިޔާލާއި ޝުޢޫރުތައް ފާޅުކުރަން މި މަރުޙަލާގައި މަސައްކަތް
ކުރާނެ އެވެ.
5. ބަސް ރަނގަޅަށް
ބޭނުންކުރަން އެނގުން (Advanced Fluency)
ދެވަނަ ބަހެއް
ރަނގަޅަށް ދަސްކުރެވޭ ވަރަކަށް ދަސްކުރުމަށް ގާތްގަނޑަކަށް 4 އަހަރާ 10 އަހަރާ
ދެމެދުގެ މުއްދަތެއް ނަގައެވެ. މި ދުވަސްވަރު އޭނާގެ މާދަރީ ބަހާ އެއްވަރަކަށް
ދެވަނަ ބަސް ބޭނުންކުރަން ފަށައެވެ.
ރެފަރެންސް ލިސްޓު:
§
ރާމިޒު ޢަލީ. (2007). ބަހެއް ދަސްކުރުން. ]ލެކްޗަރ ނޯޓުސް[. މާލެ: ފެކަލްޓީ އޮފް އެޑިޔުކޭޝަން: ދިވެހިބަހުގެ ޑިގުރީކޯސް.
§
ޢަޒީޒާ އަފީފް. (2010). މާދަރީ ބަސް އަށަގަތުމާއި ދެވަނަ ބަހެއް ދަސްކުރުން.
]ލެކްޗަރ ނޯޓުސް[. މާލެ: ފެކަލްޓީ އޮފް އަރޓްސް: ދިވެހިބަހުގެ ޑިގުރީކޯސް.
§
އެޑްވަޑް ފިނެގަން. (1999). ލެންގުއެޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް.
(ފޯތް އެޑިޝަން). ކެލިފޯނިއާ: ހާކޯޓް ބްރޭސް ކޮލެޖު
§ ވިކްޓޯރިއަރ ފްރޮމްކިންގ، ޑޭވިޑް
ބްލެއަރ، އަދި ޕީޓަރ ކޮލިންސް. (1999). ލޭންގުއެޖް އެކުއިޒިޝަން އެންޑް
އިންޓްރޮޑަކްޝަން ޓު ލޭންގުއޭޖް. (ފޯތު އެޑިޝަން) އޯލަންޑް ފްލޮރިޑާ: ހާރކޯޓް
އޮސްޓްރޭލިޔާ ޕްރައިވެޓް ލިމިޓެޑް.
§ މަރިޔަމް ތައުފީޤާ. (1996). ބަސް
އުނގެނުމުގެ ނަޒަރިއްޔާތުތައް. ]ލެކްޗަރ ނޯޓުސް[. މާލެ: މުދައްރިސުންގެ ތަޢުލީމު ކުރިއަރުވާ މަރުކަޒު: ފަށާ
ތަޢުލީމު މުދައްރިސްކަމުގެ ސެޓުފިކެޓު ކޯސް.
§
ޖީން ޕިއާޖޭ. (1957). ސެންޗަރީ ސައިކޮލޮޖީ ސީރީޒް. ޔޫ.އެސް.އޭ.
ލައިބްރަރީ އޮފް ކޮންގުރެސް ކެޓަލޮގިން ޕަބްލިކޭޝަން ޑާޓާ.
§
ޔުމްނާ މައުމޫނު. (2004). ތުއްތު ކުދިން ވާހަކަދައްކަން ދަސްކުރާ ގޮތް. ފަތްތޫރަ،
308، ޞ. 15.
ވަރަށް މުހިއްމު އަދި އެހާމެ ބޭނުންތެރި ލިޔުމެއްކަމަށް ދެކެން. ވަރަށް ބޮޑަށް ޝުކުރިއްޔާ ސަރ
ReplyDeletemi blog va liyunthah alhugandumen ge website www..heyobas.info ga jehumuge huhdha eh dhevidhaanethoa? vvvv muhinmmu ilmee liyunthakeh, alhugandumen ge site akee mifadha liyunthakah haassa website eh,
ReplyDeleteenmeran'galhu.. heyogothugai beynunkuravvaa konme faraathakah hudha onnaane... shukuriyyaa
DeleteAlhugan'duge evves massala eh neiy...
Delete